ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގައި އިރުކޮޅެއް ކުރިން ނެގި ވޯޓުގައި ފާސްކޮށްފައިވަނީ ސުޕްރިމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5އަށް މަދު ކުރުމަށެވެ. އިސްލާހު ގެނެސްފައިވަނީ ކޯޓުތަކާބެހޭ ގާނޫނަށެވެ.

މި އިސްލާހު ފާސްވެފައިވަނީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހު ފާސްކުރުމަށް ވޯޓަށް އަހާފައިވަނީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ 68 މެމްބަރަކު މި އިސްލާހަށް ތާއީދުކޮށް ވޯޓު ދެއްވި އިރު އިދިކޮޅުގެ 9 މެމްބަރަކު ވަނީ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވާފައި އެވެ.

ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހަށް ބިލެއް ހުށަހެލީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެއެވެ. ނަމަވެސް މި އިސްލާހު ފާސްކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ އިން ވިޕްލައިނެއް ވަނީ ނެރެފައި އެވެ.

މި ބިލާއި ގުޅޭގޮތުން ޕީއެންސީ ޕީޖީގައި ބޮޑެތި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު މި އިސްލާހަށް ގިނަ މެމްބަރުންތަކެއް ވަނީ ދޮކޮޅު ހަދާފައި އެވެ. ނަމަވެސް މިއަދު ނެގި ވޯޓުގައި މެމްބަރުންގެ ރާގު ބަދަލުވެ ވޯޓު ދީފައިވަނީ ޕީޖީ ގްރޫޕުގެ އެންގުމާއި އެއްގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ