ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލް އަމިއްލަ ގޮތުން ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމުގެ ބިލް އަމިއްލަ ގޮތުން ހުށަހަޅުއްވައިފި

ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް އަމިއްލަ ގޮތުން، ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މިއަދު ބިލެއް ހުށަހަޅުއްވައިފިއެވެ. މި ބިލުގައި ހުށަހަޅުއްވާފައިވަނީ މިހާރު ހަތް ފަނޑިޔާރުން ތިއްބަވާ ބެންޗު، ފަސް ފަނޑިޔާރުންނަށް މަދުކުރުމަށެވެ. އަދި ހަމައެއާއެކު، ފަނޑިޔާރުން ވަކިކުރުމުގެ މަރުހަލާ އަވަސްކޮށް، އެފަދަ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމުމަށްވެސް ވަނީ ބިލުގައި ހިމަނާފައެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު ވިދާޅުވެފައިވާ ގޮތުގައި، ދިވެހިންގެ "ފޮނި އުންމީދު" އެންމެ ބޮޑަށް ހާސިލްވާނީ ސުޕްރީމް ކޯޓު ކުރީގައި އޮތް ގޮތަށް ބަދަލުކޮށްގެންނެވެ. މިއީ 2014 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައިވެސް ގެނެވުނު ބަދަލެކެވެ. އޭރު ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިކުރެވުނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މުޅި ބެންޗު ބަދަލުކޮށް، ފަނޑިޔާރުންގެ އަދަދު އަނބުރާ ހަތަކަށް އިތުރުކުރެވުނެވެ.

މި ބިލު ހުށަހެޅިފައި މިވަނީ، ޕީއެންސީގެ ތެރެއިން މިކަން ރަސްމީކޮށް ކުރަން އުޅޭކަމުގެ އަޑުތަކެއް އިވެމުންދާ ދަނޑިވަޅެކެވެ. ނަމަވެސް ބަންޑާރަނައިބު އަހުމަދު އުޝާމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ.

މި އަޑުތައް ފެތުރެން ފެށީ، މަޖިލީހަށް އިންތިހާބުވާ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ، މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

މިއީ ބަންޑާރަނައިބުގެ އޮފީހުން މިފަދަ މައްސަލަތައް ބެލުމުގެ އިހްތިސާސް އެއްވެސް ކޯޓަކަށް ނޯންނާނެކަމަށް އިޖުރާއީ ނުކުތާއެއް ނަގާފައި އޮއްވައި ނިންމި ނިންމުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ