ފުރަތަމަ ފަހަރަށް އުފައްދާ ތިމާވެއްޓާ ރައްޓެހި ސޯލާ ފެރީ އަންނަ އޭޕްރީލް މަހު ރާއްޖެއަށް ގެންނަނީ

ފުރަތަމަ ފަހަރަށް އުފައްދާ ތިމާވެއްޓާ ރައްޓެހި ސޯލާ ފެރީ އަންނަ އޭޕްރީލް މަހު ރާއްޖެއަށް ގެންނަނީ

ގުޅުންހުރި

ރާއްޖެއިން ފުރަތަމަ ފަހަރަށް އުފައްދާ ތިމާވެއްޓާ ރައްޓެހި ސޯލާ ފެރީ އަންނަ އޭޕްރީލް މަހު ރާއްޖެއަށް ގެނެވޭނެ ކަމަށް އިންޑިއާގެ ނޭވަލްޓް ކުންފުނިން ބުނެފިއެވެ. މި ފެރީގެ އަގަކީ 9.3 މިލިއަން ރުފިޔާއެވެ.

"އެޕޯލޯ" ގެ ނަމުން މަޝްހޫރުވެފައިވާ މި ފެރީއަކީ ކަނޑު ގަދަ ދުވަސްވަރުގައިވެސް ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. 75 ސޯލާ ޕެނަލް ހަރުކޮށްފައިވާ މި ފެރީގައި 75 މީހުންނަށް އުފުލޭނެއެވެ. އަދި މި ފެރީ ދުއްވޭނީ ގަޑިއަކު 8 ނޯޓިކަލް މޭލުގެ ސްޕީޑުގައެވެ. މި ފެރީގައި 50 ކިލޯވޮޓުގެ ދެ ބެޓަރީ ޕެކާއި 40 ކިލޯވޮޓުގެ ދެ އިންބޯޑް އިލެކްޓްރިކް މޯޓަރު ހަރުކޮށްފައިވެއެވެ. އަދި 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ސިސްޓަމަކުން ބެޓެރިތައް ޗާޖުކުރެވޭނެއެވެ.

ނޭވަލްޓް ކުންފުނީގެ ސީއީއޯ ސަންދިތު ތަންދަޝެރީ ވިދާޅުވި ގޮތުގައި، މި ފެރީގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި މި ފެރީ ރާއްޖެއަށް ގެނެވޭނެއެވެ. މި ފެރީއަކީ އިންޑިއަން ރަޖިސްޓާ އޮފް ޝިޕިންގެ ދަށުން ބަނދެފައިވާ، ސަލާމަތީ ގޮތުން ވަރުގަދަ އުޅަނދެކެވެ.

ފަތުރުވެރިކަމާއި، ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުތައް ދުއްވަނީ ޑީސަލް ނުވަތަ ޕެޓްރޯލް ބޭނުންކޮށްގެން ކަމަށާއި، އެހެންކަމުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސޯލާ ބޭނުންކޮށްގެން ފެރީ އޮޕަރޭޓް ކުރެވޭތޯ ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަޖުމަ ބެލުމުގެ ގޮތުން އާންމު ދަތުރުފަތުރަށް ބޭނުންކުރުމަށް ސޯލާ ފެރީއެއް މިހާރު ވަނީ ބަނދެފައެވެ. އަދި މި ފެރީ ރާއްޖެއަށް ގެނެވޭނީ މި އަހަރު ނިމުމުގެ ކުރިން ނުވަތަ އަންނަ އަހަރުގެ ކުރީކޮޅުގައެވެ. މި ފެރީ ބޭނުންކުރާނީ މާލެ ސަރަހައްދުގައެވެ.

ނޭވަލްޓަކީ އިންޑިއާގެ އެންމެ ފުރަތަމަ ސޯލާ ފެރީ ބަނދެފައިވާ ކުންފުންޏެވެ. މި ކުންފުނިން ކުރިން ވަނީ ކެނެޑާއަށް ސެމީ-ލަގްޒަރީ އޭސީ ފެރީއެއް ސަޕްލައިކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ