ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕަބްލިކް ވޯކްސް ޚިދުމަތް ދިނުމަށް ދެ މޯބައިލް ޔުނިޓު ގާއިމުކުރަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕަބްލިކް ވޯކްސް ޚިދުމަތް ދިނުމަށް ދެ މޯބައިލް ޔުނިޓު ގާއިމުކުރަނީ

Author
ހުސައިން
20 ފެބްރުއަރީ 2025 02:57
0

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕަބްލިކް ވޯކްސް ނުވަތަ އާންމު ޚިދުމަތް ދިނުމަށް ދެ މޯބައިލް ޔުނިޓު ގާއިމުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އޭނާ މިކަން ހާމަކުރެވީ  މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ އާދަމް ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި ރަށްރަށުގައި އާންމު ޚިދުމަތްތައް ދިނުމުގެ މާލީ ގާބިލުކަން ކައުންސިލްތަކުގައި އަދި ނެތްކަން ފާހަގަކުރެވިފައިވާތީ، އެ މަސައްކަތަށް ޚާއްސަކޮށް ދެ މޯބައިލް ޔުނިޓު ގާއިމުކުރުމަށްޓަކައި އެ މަޝްރޫއުއާއި ގުޅޭ ލިޔެކިޔުންތައް މިހާރު ވަނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅުއްވާފައެވެ. އަދި ޕަބްލިކް ވޯކްސްގެ ޚިދުމަތް ދިނުމަށްޓަކައި ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވައި، އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ ތެރޭގައި ރާއްޖޭގެ 15 އަތޮޅެއްގައި ޕަބްލިކް ވޯކްސް ނުވަތަ އާންމު ޚިދުމަތް ތައާރަފުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މިވަގުތު ވެސް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ޕަބްލިކް ވޯކްސް ޔުނިޓު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.