ފުލުހުންނާއި އެންޑީއޭއިން ގުޅިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 100އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ފަށައިފި

ފުލުހުންނާއި އެންޑީއޭއިން ގުޅިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ 100އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ފަށައިފި

ގުޅުންހުރި

އެންޑީއޭ އާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން، މިހާތަނަށް 100 އަށްވުރެ ގިނަ މީހުންނަށް ފަރުވާގެ ފުރުސަތު ލިބިފައިވާކަމަށް އެންޑީއޭއިން މަޢުލޫމާތު ދީފިއެވެ. މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޖުތަމަޢުގެ ތެރޭގައި އުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން، މަސްތުގެ ޙާލަތުގައި މަގުމަތީގައި އުޅޭ މީހުން ރިމާންޑް ސެންޓަރަށް ގެންގޮސް، އެފަރާތްތަކަށް ފަރުވާގެ ފުރުސަތު ތަނަވަސްކޮށްދެވެއެވެ.

އިއްޔެ ބޭއްވުނު އެންޑީއޭގެ 28 ވަނަ ބޯޑު ބައްދަލުވުމުގައި، މަސްތުވާތަކެތީގެ ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެއިތުރުން، އެންޑީއޭގެ ފަރުވާގެ ނިޒާމަށް ކްލައިންޓުން ވެއްދުމުގެ މަރުޙަލާ އަވަސްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މުރާޖަޢާ ކޮމިޓީން މައްސަލަތައް ނިންމުމުގެ މަރުޙަލާ އަވަސްކުރުމަށްވެސް މި ބައްދަލުވުމުގައި ނިންމުނެވެ. މި ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އެންޑީއޭއިން އުންމީދުކުރާކަމަށް ބުނެފައިވެއެވެ. އަދި ފަރުވާ ފުރިހަމަނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، އެކަން ތަންފީޛުކުރުމަށް މުރާޖަޢާ ކޮމިޓީއަށް އެންޑީއޭއިން އަންގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ