ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އަމްޖަދު މުސްތަފާ ހަމަޖެއްސުމަށް ނިންމައިފި

ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އަމްޖަދު މުސްތަފާ ހަމަޖެއްސުމަށް ނިންމައިފި

Author
ހުސައިން
19 ފެބްރުއަރީ 2025 04:21
0

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް އަމްޖަދު މުސްތަފާ ހަމަޖެއްސުމަށް ނިންމައިފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވާ ގޮތުގައި، މި މަޤާމަށް އަމްޖަދު މުސްތަފާ ހޮވިފައިވަނީ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން އިންޓަވިއު ޕެނަލްއިން ކުރިއަށް ގެންދިޔަ އިންޓަވިއުތަކުގެ ތެރެއިންނެވެ. އިންޓަވިއުކުރެވުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވެ، އެންމެ މަތީ މާކްސް ލިބިވަޑައިގެންފައިވަނީ އަމްޖަދު މުސްތަފާއަށެވެ.

އަމްޖަދު މުސްތަފާގެ ތަޖުރިބާއަށް ބަލާއިރު، މީގެ ކުރިން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަމާއި، އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައިވެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.