ރަސްފަންނު މޫދަށް އެރޭ ސަރަޙައްދުގައި ކިސަޑު ޖަމާވުމާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން އެ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ. އެ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ކައުންސިލުން މިރޭ ކުރި އިޢުލާނެއްގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ޙައްލުކުރުމަށްޓަކައި، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް 17 ފެބުރުވަރީ 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތް ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ. އަދި ބަންދުކުރެވިފައިވާ ސަރަޙައްދުގެ ތަފްސީލު އެނގޭނެ ޗާޓެއް ކައުންސިލްގެ އިޢުލާނާއެކު ހިމަނާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ