މިއަހަރުގެ ރޯދަމަހު ތަރާވީހު ނަމާދު އިމާމުވެ ކުރާނީ ޤާބިލު ޒުވާން ހަތީބުންގެ ޓީމަކުން!

މިއަހަރުގެ ރޯދަމަހު ތަރާވީހު ނަމާދު އިމާމުވެ ކުރާނީ ޤާބިލު ޒުވާން ހަތީބުންގެ ޓީމަކުން!

ގުޅުންހުރި

އިސްލާމީ މަރުކަޒުގައި މިއަހަރުގެ ރަމަޟާން މަހު ތަރާވީހު ނަމާދު އިމާމުވެ ކުރައްވާނެ ބޭފުޅުން ކަނޑައަޅައިފިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި މިއަހަރުގެ ތަރާވީހު ނަމާދު އިމާމުވެ ކުރައްވާނީ ޤާބިލު ޒުވާން ހަތީބުންގެ ޓީމަކުންނެވެ.

މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ މަރުކަޒުގެ އިމާމު އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި، އަލްޙާފިޒް ޢުވައިސް ބިން އިނާޒް، އަލްޙާފިޒް ޚިޟްރު ބިން ޢިމާދު އަދި އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފެވެ. އަދި ސުލްޠާން މުޙައްމަދު ލަޠީފް މި ޓީމާ ގުޅިވަޑައިގަންނަވާނީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ފަހު ދިހައިގެ ދަމު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިޚު އަލްޙާފިޒު ސަލްމާން މުޙައްމަދު ލަޠީފާއި އައްޝައިޚު އަލްޙާފިޒް ސުލްޠާން މުޙައްމަދު ލަޠީފް ކަމުގައި މިނިސްޓަރު ހާމަކުރެއްވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުން" ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މި އިމާމުންގެ ތެރެއިން ސަލްމާނާއި ސުލްޠާނަކީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުހައްމަދު ލަތީފްގެ ދަރިކަލުންނެވެ. ޝެއިޚް ލަތީފަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބޮޑުބޭބެއެވެ. ސުލްޠާނަކީ މަދީނާގައި ކިޔަވާ ކުރައްވަމުންދާ ދަރިވަރެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުވެސް މަރުކަޒުގައި ތަރާވީހު ނަމާދު އިމާމުވެ ކުރެއްވީ ސުލްޠާނާއި ސަލްމާނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ