ހުޅުމާލޭގެ ތިން ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ތިން ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފި

އިމިގްރޭޝަނުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންގެ ތެރެއިން އިއްޔެ ހަވީރު ހުޅުމާލޭގެ ތިން ކެފޭއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު ގަވާއިދާ ޚިލާފަށް އުޅުނު 5,000 ބިދޭސީން ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. އަދި މި އަހަރުގެ އަމާޒަކީ މި އަދަދު ދެގުނަ ކުރުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މިކަން ހާސިލުކުރުމަށްޓަކައި، މީހުން ޑިޕޯޓްކުރުމުގެ މަސައްކަތާއި ރެއިޑު އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކޮށް، އަތޮޅުތަކަށް ޒިޔާރަތްކޮށް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.

މީގެއިތުރުން، "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި 2024 ވަނަ އަހަރުގެ މެއި މަހު ފެށުނު އޮޕަރޭޝަނެއްގެ ދަށުން، މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އަޕްޑޭޓްކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ނުވަ މަސްދުވަހުގެ ތެރޭގައި 25,483 ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު ވަނީ ނަގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *