މާލޭގެ ކެފޭއެއްގައި ހިނގި މާރާމާރީއާއި ގުޅިގެން ނޭޕާލް ރައްޔިތެއް ހައްޔަރު ކޮށްފި

މާލޭގެ ކެފޭއެއްގައި ހިނގި މާރާމާރީއާއި ގުޅިގެން ނޭޕާލް ރައްޔިތެއް ހައްޔަރު ކޮށްފި

Author
ހުސައިން
06 ފެބްރުއަރީ 2025 08:47
0

މާލޭގެ ކެފޭއެއްގައި މިދިޔަ އަންގާރަ ދުވަހު ހިނގި މާރާމާރީގެ މައްސަލައިގައި ނޭޕާލް ރައްޔިތެއް ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ބުނެފައިވަނީ، ހައްޔަރުކުރެވުނު މީހާއަކީ 24 އަހަރުގެ ސިދާތާ ގުރުން ނަމަކަށް ކިޔާ ބިދޭސީ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގައި ކެފޭގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އައި ސިދާތާގެ ބަންދުގެ މުއްދަތުގެ ގޮތުގައި ކޯޓުން ވަނީ ފަސް ދުވަސް ކަނޑައަޅާފައެވެ. އަދި މި މާރާމާރީގައި އަނިޔާވި އަނެއް ފަރާތް ކަމަށްވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަދިގޭގެ އެހީތެރިޔާއަށް މިވަގުތު ފަރުވާދެމުން ގެންދަނީ އައިސީޔޫގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.