ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތައް ހިންގަނީ

ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތައް ހިންގަނީ

ކެންސަރު ބަލިން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ޕްރައިމަރީ ހެލްތު ކެއަރ ނިޒާމުގެ ތެރެއިން ސްކްރީނިންގ ޕްރޮގްރާމްތައް ހިންގަވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ފާހަގަކުރެވުނު ކެންސަރު ދުވަހާ ގުޅިގެން މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި، ކެންސަރާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އޭގެ ތެރޭގައި މި ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، އެފަރާތްތަކުގެ ޢާއިލާތަކާއި، އެހީތެރިންނާއި އަދި ޞިއްޙީ ދާއިރާގެ ފަންނީ މާހިރުންގެ މަސައްކަތް ހިމެނެއެވެ.

މީގެއިތުރުން މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއެކު، ގަވާއިދުން ސްކްރީނިންގ ޓެސްޓުތައް ހެދުމަކީ ކެންސަރު ބަލީގެ ނުރައްކާ ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "United by unique" އެވެ. މި ދުވަސް ފާހަގަކުރުމުގައި އެންމެ އިސްކަމެއް ދެވެނީ މި ބައްޔާމެދު މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، މިބަލިން ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާއި ބަލިޖެހުމުން ފަރުވާ ހޯދާނެގޮތާ މެދު މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *