ރިޔާސީ ބަޔާން އިއްވަ ދުވަހު އެމްޑީޕީން މަޖިލިސްދޮށަށް އެއްވަނީ

ރިޔާސީ ބަޔާން އިއްވަ ދުވަހު އެމްޑީޕީން މަޖިލިސްދޮށަށް އެއްވަނީ

Author
ހުސައިން
05 ފެބްރުއަރީ 2025 08:03
0

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ފުރަތަމަ ޖަލްސާގައި އިއްވާ ރިޔާސީ ބަޔާން އަޑުއެހުމަށް މަޖިލިސް ކުރާގެ ކައިރިއަށް އެއްވުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ. އެކަން އެމްޑީޕީން ވަނީ އެކްސް މެދުވެރިކޮށް ހާމަކޮށްފައެވެ.

އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ. ކޮންމެ އަހަރެއްގެވެސް ފުރަތަމަ ޖަލްސާގައި އިއްވާ ރިޔާސީ ބަޔާނުގައި، އެ އަހަރެއްގެ ތެރޭގައި ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރައްވައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ތިންވަނަ ދައުރަށް ހުށަހެޅުނު މަސައްކަތްތަކުގެ ތެރެއިން 73 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.