ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ގައިޑްލައިނެއް އެކުލަވާލަނީ

ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ގައިޑްލައިނެއް އެކުލަވާލަނީ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ފެށުމަށްޓަކައި، ކަމާގުޅުންހުރި އެކި އިދާރާތަކާއެކު ފުލުހުން މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވުނު މި މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ އިތުރުން، ދިރާގު، އުރީދޫ، ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރުވެފައިވުމާ ގުޅިގެން، މި މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވޭތުވެދިޔަ އަހަރު ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރު ވަނީ އުފައްދާފައެވެ. މި ބައްދަލުވުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސްވަނަ އިސްލާހާ ގުޅޭގޮތުން އިދާރާތަކުގެ މެދުގައި މަޝްވަރާކުރެވުނެވެ. އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި، މާލީ އިދާރާތައް ގުޅިގެން އެކުލަވާލާނެ ގައިޑްލައިނަކަށް ބޭނުންވާ މަޢުލޫމާތުތައް ވެސް ބައިވެރިން ހިއްސާކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *