ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު ދެ މީހުން 10 ދުވަހަށް ބަންދުކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު ދެ މީހުން 10 ދުވަހަށް ބަންދުކޮށްފި

Author
ހުސައިން
01 ފެބްރުއަރީ 2025 12:45
0

މާލޭގެ ގުލާބީ ގޯޅީގައި ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހ. ރެނދަން، މާލޭގެ ފަވާޒު ކަޅުތުއްތު އާއި ތ. ތިމަރަފުށީ، ލަކީހައުސް، ސޮފްވާން އަލީއެވެ. މި ދެމީހުންނަކީވެސް އުމުރުން 36 އަހަރުގެ މީހުންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ފަވާޒާއި ސޮފްވާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ދެމީހުން 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލައިގައި އެ ދެމީހުން ބިދޭސީއެއްގެ އަތުން ފޭރިގަތީ 33,500 ރުފިޔާއެވެ. އަދި މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މިފަދަ މައްސަލަތައް ދޭތެރެއަކުން ފެންމަތިވަމުން އަންނައިރު، މިދިޔަ އަހަރުގެ އެންމެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. އަދި މި އަހަރުގެ މިހާތަނަށްވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ވައްކަމުގެ 201 މައްސަލައާއި ފޭރުމުގެ 17 މައްސަލަ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.