ފައިސަލް މިނިސްޓަރުކަމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: އަބުދުއްރަހީމް

ފައިސަލް މިނިސްޓަރުކަމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް: އަބުދުއްރަހީމް

ގުޅުންހުރި

އަބްދުއްރަހީމް އަބްދުﷲ އިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއްއަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު ފައިސަލް ވަޒީރުކަމުން މިއަދު ވަކިކުރުމާއި ގުޅިގެން "ދައުރު އޮންލައިން"އަށް ދެއްވި އިންޓަވިައުއެގައި އަބުދުއްރަހީމް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުއާ އެކު ގުޅުން ރަނގަޅުވި ނަމަ މިފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނެ ކަމަށެވެ.

މެލޭޝިޔާގައި ހުންނަވައި 'ދައުރު’އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވެފައިވަނީ، ފައިސަލްގެ ވަޒީރުކަމުގެ މުއްދަތުގައި އެއްވެސް ހިޔާނާތެއްގެ އަމަލެއް ހިންގަވާފައި ނުވާ ކަމަށާއި، ފައިސަލްއަށް ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ހާސިލްކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް މުއިއްޒުއާ ދެކޮޅަށް ފައިސަލް އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

މިއީ ފައިސަލްގެ ބުރަ މަސައްކަތާއި ބައިވެރިވުމާއެކު ގެނައި ވެރިކަމެއްކަމަށް ފާހަގަކުރައްވައި، ފައިސަލް ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ފައިސަލް ވަކިކުރެއްވުމަކީ ވަރަށް ދެރަވަރުކޮށް ކުރެއްވި ކަމެއްކަމަށާއި، އޭނާގެ ފަރާތުންނާއި ފައިސަލްގެ ފަރާތުން ވެސް ސަރުކާރަށާއި ރައީސްއަށް ދެރަވާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށް ވިދާޅުވިއެވެ.

މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.

ދައުރު ނޫހަށް މައުލޫމާތު ދެއްވަމުން އަބުއްރަހީމް ވިދާޅުވެފައި ވެއެވެ.

ފައިސަލް ވަޒީރުކަމުން ވަކިކުރެއްވިކަން އަންގައި ރައީސް އޮފީހުން ސިޓީ ފޮނުއްވާފައިވަނީ މިއަދު އޮފީހަށް ވަޑައިގަތް ފަހުންކަމަށް ފާހަގަކުރައްވައި، ފައިސަލްއަށް ސަރުކާރުގެ އިތުރު މަގާމެއް ރައީސް ހުށަހެޅުއްވި ކަމަށް ދެކެވޭ ވާހަކަތައްވެސް އަބްދުއްރަހީމް ދޮގުކުރެއްވިއެވެ.

ވަރަށް ދެރަވަރުކޮށް މިދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމުވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މިދަނީ.

އަބްދުއްރަހީމް ވިދާޅުވި އެވެ.

ފައިސަލް ވަކިކުރެއްވި ސަބަބު ސާފުކޮށް އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވެ، އޭގެ އެއް ސަބަބަކަށް ވެދާނެކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވީ ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ރައީސްގެ އަރިހުގައި ފައިސަލްއާ މެދު ކުރައްވާ ޝަކުވާތަކެވެ. އެހެންނަމަވެސް، އެ ޝަކުވާތަކުގައި އެއްވެސް ހަގީގަތެއް ނުވާކަމަށް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުއާއެކު ވެރިކަން ފެށުނުއިރު އޮތް ގާތް ގުޅުމާއި އިތުބާރު އޮތްނަމަ، މިކަން މިގޮތަށް ނުހިނގާނެކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ