މިނިވަން މުއައްސަސާތަކުން ކުރާ ތަހުގީގުތަކުގައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކޮންމެހެން ބޭނުންވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ވިދާޅުވެފައ މި ވާހަކަފުޅު މިނިސްޓަރު ދައްކަވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ކުރަމުންދާ ތަހުގީގަކާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލުން ދައްކާފައިވާ ވާހަކަތަކާ ގުޅޭގޮތުންނެވެ.
އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއަށް ވަނުމުން، އެ ކައުންސިލުން ވަނީ އެ ޢަމަލު ވައްކަމުގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް އޭސީސީން ވަނީ މި ތުހުމަތު ދޮގުކޮށް، ފުލުހުންވެސް ވަނީ ތިނަދޫ ސިޓީ ކައުންސިލުން އެއްވެސް ވައްކަމެއް ކޮށްފައިނުވާކަން ކަށަވަރުކޮށްދީފައެވެ.
ކޮމެންޓު ފޮނުވާ