ފެހުރިހި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުމަށް ލާޒިމްކުރަނީ

ފެހުރިހި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުމަށް ލާޒިމްކުރަނީ

ފެހުރިހި ބަލަން ދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުމަށް ލާޒިމްކޮށް، އެ އުސޫލަށް އަމަލުކުރަން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޖެހޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ ފެހުރިހި ބަލަން ދިޔަ ދެ ފަތުރުވެރިއަކު މަރުވެފައިވާ ކަމާއި، އަދި ފެހުރިހީގެ ގައިގައި ޖެހިގެން އެއަށް އެކި ވަރުގެ ޒަޚަމުތައް ލިބިފައިވާ ކަމެވެ. މި ހާދިސާތަކާ ގުޅިގެން، އުޅަނދުފަހަރުގެ ބުރަފަތީގައި ގާޑު އެޅުވުމަށްފަހު މެނުވީ ފެހުރިހި އުޅޭ ސަރަހައްދަށް ވަދެވޭ ގޮތަށް ގަވާއިދު އެކުލަވާލައި، އަންނަ ހަފުތާގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އުޅަނދުތައް ރަޖިސްޓްރީކޮށް، އުޅަނދުގައި ތިބޭ މީހުންނަކީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހަދައި، ބުރަފަތީގައި ގާޑު އަޅުވައިގެން ރައްކާތެރި އަދި ސަލާމަތް ގޮތެއްގައި ފެހުރިހި ބެލޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ވިދާޅުވިއެވެ.

އަލަށް ތަޢާރަފުކުރެވޭ ގަވާއިދުގެ ދަށުން، ކޮންމެ ގައިޑަކާއެކު ފެހުރިހި ބަލަން ގެންދެވޭނީ ފަސް ފަތުރުވެރިންކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި މި ގަވާއިދަށް ޢަމަލުކުރޭތޯ ބެލުމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ލޯންޗެއް އެ ސަރަހައްދު މޮނިޓަރކޮށް ބަލަހައްޓަމުން ގެންދާނެ ކަމަށާއި، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރުވެސް މިނިސްޓަރު ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *