ހަންގޭރީގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބިދޭ 25 ފުރުސަތެއް ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި

ހަންގޭރީގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބިދޭ 25 ފުރުސަތެއް ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި

Author
ހުސައިން
31 ޑިސެމްބަރ 2024 04:46
0

"ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026″ ގެ ނަމުގައި ހަންގޭރީގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ލިބިދޭ 25 ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް އެކި ފެންވަރުގެ ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި 8 ބެޗްލަރސް ޑިގްރީ، 14 މާސްޓަރސް ޑިގްރީ އަދި 3 ޑޮކްޓޯރަލް ޑިގްރީގެ ފުރުސަތު ހިމެނެއެވެ.

ސްކޮލަރޝިޕަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި، އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން އިތުރު ތިން ޝަރުތެއް ފުރިހަމަވާންޖެހެއެވެ. އެއީ މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ނަގާފައިވާ ލޯނެއް ވާނަމަ އެ ލޯނު ގަވާއިދުން ދައްކަމުންދިއުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުމާއި، އަދި އެދޭ ފެންވަރުގެ ކޯހާ އެއް ފެންވަރުގެ ކޯހެއް މިހާރު ދައުލަތުގެ ޚަރަދުގައި ފުރިހަމަކުރަމުންދާ ފަރާތެއް ކަމުގައި ނުވުމެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ myedu.egov.mv އާއި ސްޓިޕެންޑިއަމް ހަންގޭރިއަމް ވެބްސައިޓް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ 1474 އަށް ގުޅައިގެން އަދި [email protected] އަށް އީމެއިލް ކުރެވިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.