ގައުމުގެ ހެވާއި ލާބައަށް، އެއްބައިވަންތަކަމާއެކު އަތުގުޅާލައިގެން ތިބުމަކީ މުހިންމު ކަމެއް: ގާސިމް

ގައުމުގެ ހެވާއި ލާބައަށް، އެއްބައިވަންތަކަމާއެކު އަތުގުޅާލައިގެން ތިބުމަކީ މުހިންމު ކަމެއް: ގާސިމް

Author
ހުސައިން
26 ޑިސެމްބަރ 2024 07:44
0

ގައުމުގެ ހެވާއި ލާބައަށް ޓަކައި ދިވެހިން އެކުވެރިވެ، އެއްބައިވަންތަކަމާއެކު އަތުގުޅާލައިގެން ތިބުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގާސިމް ފާހަގަކުރެއްވި ގޮތުގައި މި ދުވަހަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީގެ ކާރިސާގައި، ގިނަ އަދަދެއްގެ ރަށްތަކެއް ހަލާކުވެ، އެތައް ބަޔަކު ނިކަމެތި ހާލުގައި ޖެހުނު ދަނޑިވަޅުގައި، ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރޫހު އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.

އަދި މި މުހިންމު ދުވަހުގެ މުނާސަބަތުގައި އާ ހިތްވަރަކާއެކު އެއްބައިވަންތަކަމާއި އެކުވެރިކަން އަލުން ދިރުވުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި ގައުމަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތަކުން އަރައިގަތުމަށް ރައްޔިތުންގެ އެއްބައިވަންތަކަމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.