ސަޢީދު އިމްރާނަށް: ބަގާވާތުގެ ތުހުމަތުގައި އެމްޑީޕީން އިތުބާރުނެތްކަމަށް ފާސްކުރަން އުޅެފިނަމަ ފުލުހުންގެ ގާނޫނާމެދު ދެކޭނީ ކިހިނެއްތޯ؟

ސަޢީދު އިމްރާނަށް: ބަގާވާތުގެ ތުހުމަތުގައި އެމްޑީޕީން އިތުބާރުނެތްކަމަށް ފާސްކުރަން އުޅެފިނަމަ ފުލުހުންގެ ގާނޫނާމެދު ދެކޭނީ ކިހިނެއްތޯ؟

Author
ޢަލީ އާދަމް
28 ޑިސެމްބަރ 2020 05:35
0

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ހިނގާދިޔަ ކަންކަމުގައި ބަގާވާތުގެ ތުހުމަތުކޮށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމަށް ފާސްކުރަން އެމްޑީޕީން އުޅުއްވައިފިނަމަ، ފުލުހުންގެ ޤާނޫނާމެދު ދެކެވަޑައިގަންނަވާނީ ކިހިނެތްތޯ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ސުވާލު އުފައްދަވައިފިއެވެ.

މި ސުވާލު ސަޢީދު އުފައްދަވާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާ މިނިވަންވެ ދާޚިލީ ހަމަޖެހުން ކަށަވަރުވެގެންދާނެކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

2012 ފެބްރުއަރީ 07 ވަނަ ދުވަހު، އޭރު އޮތް އެމްޑީޕީގެ ވެރިކަން ނިމުމަކަށްއައީ އޭރުގެ އިދިކޮޅު ފަރާތްތަކާއި، ސިފައިންނާއި ފުލުހުންގެތެރެއިން ބަޔަކު ބައިވެރިވެ ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ. ނަމަވެސް އެމްޑީޕީން އަބަދުވެސް ބުނަމުން ގެންދަނީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ ބަގާވާތަކުން ކަމަށެވެ. އަދި އިމްރާން ޢަބްދުﷲ އަކީ އޭރު ހިންގި ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.

މީގެ އިތުރުން މި ޤާނޫނުގެ ދަށުން އެކުލަވާލާ ޕޮލިސް ބޯޑު އެކުލަވާލަން ޖެހެނީ ސިޔާސީ ބަޔަކު ކަމަށްވާއިރު އެފަދަ ބޯޑަކުން ހިންގާ ފުލުހުންގެ ހިދުމަތެއް މިނިވަން ވެދާނެތޯވެސް ސަޢީދު ވަނީ ސުވާލުއުފައްދަވާފަ އެވެ. އަދި މިނިސްޓަރު އިމްރާން އެގޮތަށް ގަބޫލުފުޅު ކުރައްވަނީތޯ ސައީދު ވަނީ އިމްރާންގެ އަރިހުން އައްސަވާފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހެނީ 7 މެމްބަރުންގެ މައްޗަށް ހިމެނޭ ބޯޑެކެވެ. އަދި އިއްޔެ ތަސްދީޤްކުރި މި ޤާނޫނަށް 3 މަސް ފަހުން އަމަލުކުރަންފަށަންޖެހޭއިރު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަސްތެރޭގައި ބޯޑު އެކުލަވައިލަން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙަސަންތައުފީޤު ޙުސައިން
ވަރަށް ޢިދިކީލަ ގޮތަކަށް ގޮސްފާނެ! އެއީ އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލިކަމަށް ބުނާ އެބަޣަވާތުގެ ޢެންމެ ޢީސްވެރިޔާ ހުންނެވީ ފުލުހުންގެ ޢެންމެ ބޮޑުމީހާގެ މަޤާމުގައި. ދެން ތުހުމަތު ކުރައްވާ ދެލީޑަރުން ތިއްބެވީ މިސަރުކާރު ގެންނަން މެދުވެރިވި ކޯލިޝަނުގެ ލީޑަރުންގެ ގޮތުގައި. ޢަދި އިންތިޤާލީ ޤާނޫނުވެސް މިއާއިއެކު ވެގެން ޙިގައިދާނެ އަނެއްކާވެސް މިސަރުކާރު ބުޑުން ލުހިގެން ބަލިކަށި ކަމާއެކު ނިކަމެތިގޮތަކަށް ގޮތަކަށް ވެއްޓިގެން ގޮސްދާނެ ދަންތުރަޔަކަށްވެސް.