އާސަންދައިން ކަވަރުކުރާ އެއްވެސް ބޭހަކަށް ފާމަސީތަކުން އަގު ނަގާނަމަ އެންގުމަށް އެދިއްޖެ

އާސަންދައިން ކަވަރުކުރާ އެއްވެސް ބޭހަކަށް ފާމަސީތަކުން އަގު ނަގާނަމަ އެންގުމަށް އެދިއްޖެ

Author
ހުސައިން
05 ޑިސެމްބަރ 2024 05:35
0

އާސަންދައިން މިއަދު އާންމުކުރި އިއުލާނެއްގައި، އެ ކުންފުނިން ކަވަރުކުރާ އެއްވެސް ބޭހަކަށް ފާމަސީތަކުން އަގު ނަގާނަމަ އެކަން ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް 7951400 ނަންބަރަށް އަންގައިދިނުމަށް އެދިއްޖެއެވެ.

އާސަންދައިން އިތުރަށް ސާފުކޮށްދިން ގޮތުގައި، އާސަންދައިން ނުލިބޭ ބޭހެއްނަމަ އެކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެއެވެ. މީގެ އިތުރުން، ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރާ ހުރިހާ ބޭހެއްވެސް އާސަންދަ ޚިދުމަތްދޭ ފާމަސީތަކުން ފޯރުކޮށްދޭނީ ހިލޭކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ސަރުކާރުން މިހާރު ދަނީ ދައުލަތުގެ މާލީ ނިޒާމު އިސްލާހުކުރުމުގެ ގޮތުން އާސަންދައިގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި އާސަންދައިން ދޫކުރާ، އާންމުން އެންމެ ގިނައިން ބޭނުންކުރާ 250 ބޭހުގެ އަގު ކޮންޓްރޯލުކުރުން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.