ރާކީގެ ފިރިމީހާ "ބިގްބޮސް"އަށް އަންނަން ތައްޔާރު

ރާކީގެ ފިރިމީހާ "ބިގްބޮސް"އަށް އަންނަން ތައްޔާރު

Author
ފާތިމަތު ނާވީ
29 ޑިސެމްބަރ 2020 10:19
0

"ބިގްބޮސް14″ ގެ ބައިވެރިއެއްކަމަށްވާ ރާކީ ސާވަންތުގެ ފިރިމީހާ ރިތޭޝް އޭނާގެ އަނބިމީހާއަށް ސަޕޯޓުދޭން ބައިވެރިއެއްގެ ގޮތުގައި ބިގްބޮސްގެ ގެއަށް އަންނަން ތައްޔާރު ކަމަށް އިންޓަވިއުއެއްގައި ބުނެފިއެވެ.

ރިތޭޝް އަކީ މީގެކުރިން އާންމުންނަށް ފެނިފައިވާ މީހެއް ނޫނެވެ. އޭނާ ބިގްބޮސް އަށް އައިސްފިނަމަ އެއީ އޭނާ އާންމުންނަށް ފެންނަ ފުރަތަމަ ފަހަރެވެ.

ރިތޭޝް އިންޓަވިއުގައި ބުނެފައިވަނީ ބިގްބޮސްގެ ޓީމާ ވާހަކަ ދައްކައިފިންކަމަށާއި އެމީހުންގެ ފަރާތުން ޖަވާބަކަށް އިންތިޒާރުކުރާކަމަށެވެ. ޓައިމްސް އިންޑިއާ އާއި ވާހަކަ ދައްކަމުން ރިތޭޝް ބުނެފައިވަނީ އޭނާ ބޭނުންވީ ކުރިސްމަސްގައި ބިގްބޮސްއަށް އައުމަށްކަމަށާއި ނަމަވެސް މަސައްކަތުގައި ބިޒީކަމުން ނާދެވުނީކަމަށެވެ.

އަދި އެއް ހަފްތާ ކުރިން "ބިގްބޮސް" ގެއިން ޖަވާބެއް ދިނުމުން އޭނާއަށް އައުމަށް ފަސޭހަވާނެކަމަށް ބުނފައިވާނެ ކަމަށް ވެސް ރިތޭޝް ބުންޏެވެ.

ރިތޭޝް ބުނެފައިވަނީ އޭނާއަށް އާ އަހަރަށް ދެވޭނެކަމަށް ބުނިންކަމަށާއި ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ. އަދި ދާނީ ބައިވެރިއެއް ގޮތުގައި ރާކީއަށް ސަޕޯޓުކުރަންކަމަށާއި ރާކީ އޭނާގެ ދިރިއުޅުމަށްއައިސް އޭނާގެ ދިރިއުޅުން ބަދަލުކޮށްދިންކަމަށެވެ. އެ ދެމީހުން އަންނަ އަހަރު ދަރިއަކު ހޯދުމަށް ވިސްނަމުން ދާކަމަށް ވެސް ރިތޭޝް ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން އަބިނަވް ޝުކުލާ އަދި ރުބީނާ ދިލައިކް ކައިރީ ރާކީ ވަނީ ރިތޭޝްކައިރީގައި ޝޯވ އަށް އައުމަށް ބުނެފައިވާނެ ކަމަށް ބުނެފައެވެ. ރާކީ ބުނެފައިވަނީ އޭނާގެ ފިރިމީހާ ކައިރީގައި މިދަނީ ވަރަށް ބޮޑު ޝޯވ އަކަށް ކަމަށާއި އެއްފަހަރުނަމަވެސް އޭނާއަށްޓަކައި އައިސް ދިނުމަށް އެދުނިންކަމަށެވެ. އަދި އެދެމީހުންގެ ކައިވެންޏަކީ ޕަބްލިސިޓީއަށް ޖެއްސި ސްޓަންޓެއް ނޫންކަމަށްވެސް ރާކީ ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.