އިމިގްރޭޝަނުން ހުޅުވާ އާ އޮފީހަށް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި

އިމިގްރޭޝަނުން ހުޅުވާ އާ އޮފީހަށް އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފި

އިމިގްރޭޝަނުން އާ އޮފީސްތަކެއް ހުޅުވުމަށް ހަމަޖެހިފައިވާތީ، އޮފިސަރުން ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.

މި އޮފީސްތައް ހުޅުވަނީ ހަތް ރަށެއްގައި ކަމަށް އިމިގްރޭޝަނުން މިއަދު އެކްސްގައި ހާމަކޮށްފައިވެއެވެ. ހުޅުވާ އޮފީސްތަކުގެ ތެރޭގައި ހުޅުމާލޭގައި ދެ އޮފީހަކާއި، ވިލިމާލޭގައި އެއް އޮފީސް ހިމެނެއެވެ. މީގެ އިތުރުން ލ. ފޮނަދޫ، ދ. ކުޑަހުވަދޫ، ބ. އޭދަފުށި އަދި ށ. ފުނަދޫގައިވެސް އޮފީސްތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮފީސްތަކަށް މާލެ ސަރަހައްދަށް 13 އޮފިސަރުންނާއި، އަތޮޅުތެރެއަށް އަށް އޮފިސަރުން ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ. އަދި 2026 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިހާރުވެސް އިންޓަނޭޝަނަލް އެއާޕޯޓުތައް ހުންނަ އަތޮޅުތަކުގެ ސަރަހައްދުތަކުގައި އިމިގްރޭޝަން އޮފިސަރުން މަސައްކަތް ކުރަމުން ގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *