މަސްވެރިންނަށް ވަޢުދުވި ހަމަ އަގަކީ މަހުގެ އަގު އިރުއިރުކޮޅާ ކުޑަކުރުންތޯ: ޝިޔާމް

މަސްވެރިންނަށް ވަޢުދުވި ހަމަ އަގަކީ މަހުގެ އަގު އިރުއިރުކޮޅާ ކުޑަކުރުންތޯ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
10 އޮކްޓޯބަރ 2020 12:38
0

ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދަކީ އިރުއިރުކޮޅާ މަސްވެރިން ބާނާ މަހުގެ އަގު ކުޑަކުރުންތޯ ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ ސުވާލެއް ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.

ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމާއި ގުޅިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯއިން 3 ފަހަރެއްގެ މަތީން ދަށް ކުރުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ މަސްވެރިންނަށް ހަމަ އަގު ހޯދައިދީ މަސްވެރިން ބާނާ މަސްކިރުވޭނެ ކަމުގެ ވައުދު ވެގެންކަމަށެވެ. ނަމަވެސް މިއަދު ވައުދު ނުފުއްދި ފެންނަމުންމިދަނީ އިރުއިރުކޮޅާ މަހުގެ އަގު ދަށްކޮށް މަހުގެ ޑިމާންޑް ކުޑަކުރަމުންދާ މަންޒަރުކަމަށެވެ.

މިއީތޯ މަސްވެރިންނަށް ވަޢުދުވި ހަމައަގަކީ؟ ސެޕްޓެމްބަރު 21ގައި އަގުހިފަހައްޓާފައިއޮތް އޮތުން ދޫކޮށްލާ މަސްވެރިންގެ ލޮލުގައި އަނދުން އެޅުވީ ތެލުން ކުޑަލާރިކޮޅެއް ދަށްކޮށްލާފައި. އޭގެފަހުން 3 ފަހަރުމަތިން މަހުގެ އަގު ދަށްކޮށްފި

– ޝިޔާމް

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ވަނީ ގިނަ ކަންތައްތަކެއް ހާސިލްކުރުމަށް ކަނޑައަޅާފައެވެ. އެގޮތުން މަސްވެރިންނަށް އަގުހެޔޮކޮށް ޑީސަލް ލިބޭނެ ގޮތާއި މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ލުއި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުންފަދަ ކަންކަން ހިމަނާފައިވެއެވެ. ނަމަވެސް މިކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ވަމުންނުދާތީ ގިނަ މަސްވެރިންގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ރާޢްޖޭގެ މަސްގަންނަ ކުންފުނިތަކުން މަސްކިލޯއެއް ގަންނަނީ ވިހި ރުފިޔާއަށެވެ. ރާއްޖެއިން އެންމެ ގިނައިން ކަޅުބިލަމަސް ބޭރުކުރަނީ ތައިލެންޑްގެ ބާޒާރަށެވެ. އަދި ބޮޑުކަންނެލި އެންމެ ގިނައިން ބޭރުކުރަނީ ޔޫރަޕްގެ މާކެޓް ތަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.