ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ރީތީގެ މުބާރާތެއްގައި ވާދަކުރަނީ

ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ރީތީގެ މުބާރާތެއްގައި ވާދަކުރަނީ

Author
ހުސައިން
30 އޮކްޓޯބަރ 2024 08:16
0

ދިވެހިރާއްޖެއިން މިސް ޔުނިވަރސް މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވާން ނިންމައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ހޮވިފައިވަނީ މަރްޔަމް ޝައިނާ ނަސީމެވެ. މެކްސިކޯގައި ބޭއްވޭ މި މުބާރާތުގައި ބައިވެރިވުމަށްޓަކައި، އިންޑިއާގައި ހުންނަ މެކްސިކޯގެ އެމްބަސީގެ ކޮންސަލް ޑިއެގޯ ޕެރެޒް ވަނީ ޝައިނާއަށް ވީސާ ދޫކޮށްފައެވެ.

އަދި މިއީ ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށް ފާހަގަކޮށް، އެމްބަސީއިން ވަނީ ޝައިނާއަށް ކާމިޔާބަށް އެދި ހެޔޮ އެދުންތައް ފޮނުވާފައެވެ.

މި އަހަރުގެ މިސް ޔުނިވަރސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެކްސިކޯގައެވެ. މިއީ ފާއިތުވީ ދިގު ތާރީޚުގައި ދިވެހިރާއްޖެއިން މިސް ޔުނިވަރސް މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރަށެވެ. މިއީ ރާއްޖޭގެ ޒުވާން އަންހެން ކުދިންނަށް ލިބުނު މުހިންމު ފުރުސަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އެހެންނަމަވެސް ރާއްޖެއިން ރީތީގެ މުބާރާތެއްގައި ވާދަކުރާރީ ދީނީ ބައެއް އިލްމުވެރިން ދަނީ އެކަމަށް ފާޑުވެސް ވިދާޅުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.