ރާއްޖޭގައި މިހާރު ހުރި މަސްތުވާތަކެތީގެ ފަރުވާދޭ ސެންޓަރުތަކުގައި އެއްފަހަރާ 350 މީހުންނަށް ފަރުވާ ދެވޭނެ: އެންޑީއޭ

ރާއްޖޭގައި މިހާރު ހުރި މަސްތުވާތަކެތީގެ ފަރުވާދޭ ސެންޓަރުތަކުގައި އެއްފަހަރާ 350 މީހުންނަށް ފަރުވާ ދެވޭނެ: އެންޑީއޭ

Author
ޙަސަން މުޙައްމަދު
20 އޮކްޓޯބަރ 2024 08:59
0

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމުގެ ނިޒާމު ފުޅާވެފައިވާކަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން މިއަދު ހާމަކޮށްފިއެވެ. އެ އިދާރާގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި ހުރި މަސްތުވާތަކެތީގެ ފަރުވާދޭ ސެންޓަރުތަކުގައި އެއްފަހަރާ 350 މީހުންނަށް ފަރުވާ ދެވޭނެއެވެ. މީގެ އިތުރުން ގޭގައި ތިބެގެންނާއި އަމިއްލަ އާއިލާ ކައިރީ ހުރެގެން ވެސް ފަރުވާ ދެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑީއޭގެ ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވި ގޮތުގައި ކޯޓުން ހުކުމްކޮށްގެން ޑްރަގުގެ ފަރުވާއަށް ވަންނަން ބޭނުންވާ އެއްވެސް މީހަކު މިހާރު ފަރުވާގެ ތެރެއަށް ނުވަދެވި ނުހުންނާނެއެވެ. ނަމަވެސް ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި މުޖުތަމަޢުގެ ތެރޭގައި ތިބެގެން ފަރުވާ ހޯދުމަކީ ގޮންޖެހުންތަކެއް ހުރި ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެއީ މުޖުތަމަޢުގައި އެފަދަ ފަރުވާއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދޭނެ ވަސީލަތްތައް އެކަށީގެންވާ ގޮތެއްގައި ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުންނެވެ.

މީގެ ކުރިން އެންޑީއޭއަށް ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކެއް ދިމާވި ނަމަވެސް، ފަރުވާގެ ދޮރުތައް މިހާރު ވާނީ ހުޅުވިފައި ކަމަށްވެސް ލުބުނާ ވަނީ ވިދާޅުވެފައެވެ.

ފަރުވާގެ ދޮރުތައް މިހާރު ވާނީ ހުޅުވިފައި.

ލުބުނާ ވިދާޅުވިއެވެ.

މިހާރު މުޖުތަމަޢުގެ ތެރޭގައި 400އާ ގާތްކުރާ އަދަދެއްގެ މީހުން މަސްތުވާތަކެތީގެ ފަރުވާ ހޯދަމުންދާކަމަށް ރާޝިދު ވިދާޅުވިއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ނަފުސާނީ ގޮތުން ވެސް އެހީތެރިކަން ބޭނުންވާ ބައެއްކަން ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މުޖުތަމަޢުގެ ތެރޭގައި ތިބެގެން ފަރުވާ ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ތަފާތު ޕްރޮގްރާމްތަކެއް ހިންގަމުންދާކަމަށާއި، މިއީ އެ މީހުންގެ ނަފުސާނީ އަދި ޖިސްމާނީ ހާލަތު ރަނގަޅުކުރުމަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމްތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާޢީ މައްސަލަކަމަށް އެންޑީއޭއިން ފާހަގަކޮށްފައިވެއެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ތިބިކަން އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.