ކިނބިދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ

ކިނބިދޫ ބިން ހިއްކުމުގެ %30 މަސައްކަތް ނިމިއްޖެ

ކިނބިދޫ ބިން ހިއްކުމުގެ %30 މަސައްކަތް ނިމިއްޖެ

ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ %30 މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ %30 މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެމްޓީސީސީއަށް ހަވާލުކޮށްފައިވާ އެ މަޝްރޫއަށް 148.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 21 ގައެވެ. މި މަސައްކަތް ނިންމަން ޖެހޭނީ 240 ދުވަސް ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަކީ ކިނބިދޫގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކައިގެން އިތުރު ކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *