މިދިޔަ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބުނު

މިދިޔަ މަހު މުދަލުގެ ޒަކާތުގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބުނު

ގުޅުންހުރި

މުދަލު ޒަކާތުގެ ގޮތުގައި ސެޕްޓެމްބަރު މަހުގައި 8.7 މިލިއަން ރުފިޔާ ދައުލަތަށް ލިބުނު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 2023 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބާލައިރު %4 އިތުރެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 2.8 މިލިއަން ރުފިޔާއެވެ. މި އަހަރު ލިބިފައިވަނީ 8.7 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި 82 މިލިއަން ރުފިޔާ ލިބުނެވެ.  މިދިޔަ އަހަރު މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 70 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %17.1 އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސޯބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ފަރުޟެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.

މުދަލު ޒަކާތުގެ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހެވެ. މިހާރުގެ ނިސާބަކީ 9،353.4 ރުފިޔާއެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިސޯބުގެ މިންވަރު ނުވަތަ އެއަށްވުރެ ގިނަ ފައިސާ ހަމަވެފައި ހުންނަތާ އެއް އަހަރުވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ އަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިންސައްތައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *