މާލޭ މާރުކޭޓުން ދިޔާ ހަކުރުފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

މާލޭ މާރުކޭޓުން ދިޔާ ހަކުރުފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
11 އޮކްޓޯބަރ 2024 09:25
0

މާލޭގެ މާރުކޭޓުން ދިޔާ ހަކުރުފުޅިތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި ޅ. ނައިފަރަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގައި އޭނާ ބުނެފައިވަނީ، އޭނާ 4 ފުޅި ދިޔާހަކުރު ގެންގުޅުނު ނަމަވެސް، އެއީ ވަގަށް ނެގި އެއްޗެއް ނޫން ކަމަށެވެ. އޭނާ ބުނިގޮތުގައި، އެ ފުޅިތަކަކީ ބަޔަކު ނަގާފައި ތަނެއްގައި ބަހައްޓާފައި ހުއްޓާ ފެނިގެން ނެގި އެއްޗެކެވެ. އެހެންނަމަވެސް، ސީންގައި ތިބި ފުލުހުންނަށް އޭނާ ބުނެފައިވަނީ އެ ފުޅިތަކަކީ ޕިކަޕެއްގެ ދަށުން ނެގި 4 ފުޅި ދިޔާހަކުރު ކަމަށެވެ.

ފުލުހުން ކޯޓުގައި މަޢުލޫމާތު ދީފައިވާ ގޮތުގައި، މާރުކޭޓުގެ ގޮޅިއަކުން 4 ފުޅި ދިޔާހަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތް ކޯޓަށް ހާޒިރުކުރުމަށްފަހު، އޭނާގެ ބަންދަށް 15 ދުވަސް ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.