50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑުބަޔަކަށް ޔެލޯ އެލާޓް ނެރެފި

Author
ހުސައިން
11 އޮކްޓޯބަރ 2024 08:39
0

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓެއް ނެރެފިއެވެ. މި އެލާޓް ދެމިއޮންނާނީ މިރޭ 11 ޖެހުމާ ހަމައަށް ކަމަށާއި، އޭގެ ދަށުން ށ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދު ހިމެނޭކަމަށް މެޓް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި މުއްދަތުގައި ގަޑިއަކު 25 އާއި 30 މޭލުގެ ބާރުމިނުގައި ވައިޖެހުމާއެކު، ވިއްސާރައިގެ ވިލާގަނޑުތަކުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ލަފާކުރެވިފައެވެ. މީގެ އިތުރުން، ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.

މޫސުން ގޯސްވުމުގެ ފުރުޞަތު އޮތުމާއެކު، ހުރިހާ ފަރާތްތަކަކުންވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.