މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑް (އެމްއައިސީ)ގެ ޖެނެރަލް މެނޭޖަރު ކޮކް ތެންގް އެންޖީ މަޤާމުން ވަކިކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެންޖީ ކުންފުނީގެ އުސޫލުތަކާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ. އޭނާއަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެމްއައިސީއަށް މިލިއަނުން ގުނާލެވޭ ވަރުގެ ގެއްލުމެއް ދީފައިވާ ކަމަށް ބެލެވޭ ޚިޔާނާތުގެ ޢަމަލުތައް ހިންގާފައިވާ ކަން ހިމެނެއެވެ.
އެމްއައިސީއަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 65 ޕަސެންޓް ހިއްސާއާއި ސިންގަޕޫރު އެއަރޕޯޓް ޓަރމިނަލް ސަރވިސަސް (ސެޓްސް)ގެ 35 ޕަސެންޓް ހިއްސާ އެކުލެވޭ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ތެރޭގައި ހުރި މައްސަލަތައް ހާމަވެފައިވަނީ އެމްއޭސީއެލްއިން ކުރިއަށް ގެންދިޔަ އިދާރީ ތަޙްޤީޤެއްގެ ތެރެއިންނެވެ.
އެންޖީއަށް އިތުރަށް ތުހުމަތުކުރެވެނީ ވަޒީފާގެ އެއްބަސްވުމާއި، އިންސާނީ ވަސީލަތްތަކާ ބެހޭ އުސޫލުތަކާއި، ޒީރޯ ޓޮލަރެންސް ސިޔާސަތުގެ އިތުރުން މުވައްޒަފުންގެ އަތްމަތީ ފޮތުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ކަމަށެވެ. މި ހުރިހާ ކަންކަމަކީ ކުންފުނީގެ ހިންގުމަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަންކަން ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ