ކުއްލި ހާލަތްތަކުގައި ގުޅުމަށް 911 ނަންބަރު ތަޢާރަފުކުރަނީ

ކުއްލި ހާލަތްތަކުގައި ގުޅުމަށް 911 ނަންބަރު ތަޢާރަފުކުރަނީ

ގުޅުންހުރި

ހޯމް މިނިސްޓްރީން ކުއްލި ހާލަތްތަކުގައި ގުޅުމަށް 911 ނަންބަރު ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ނަންބަރަކީ ބައެއް ޤައުމުތަކުގައި ކުއްލި ހާލަތްތަކުގައި ގުޅުމަށް ބޭނުންކުރާ އެމަޖެންސީ ނަންބަރެކެވެ. މި ނަންބަރަށް ގުޅުމުން، ކަމާ ގުޅުންހުރި ދާއިރާތަކާ ގުޅި ވަގުތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

ހޯމް މިނިސްޓްރީން މިހާރު ވަނީ ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ޚިދުމަތްދެވޭ ލައިނެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. މި ލައިންގެ ނަންބަރެއްގެ ގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވަނީ 911 އެވެ. މި ލައިން ޤާއިމުކުރުމަށްޓަކައި މިނިސްޓްރީން ވަނީ ކަމާ ގުޅޭ ދާއިރާތަކާއެކު މަޝްވަރާތައް ފަށާފައެވެ. މީގެ ތެރޭގައި ސަލާމަތީ ޚިދުމަތްދޭ ތަންތަނާއި، ޞިއްޙީ އަދި އިޖުތިމާޢީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައްވެސް ހިމެނެއެވެ.

މިހާރު ރާއްޖޭގައި ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ޚިދުމަތްދެވޭ 911 ލައިނެއް ނުވަތަ ނަންބަރެއް ނެތެވެ. މިހާރު ކޮންމެ އިދާރާއެއްގައިވެސް ހުންނަނީ އެ އިދާރާއަކާ ގުޅޭ ވަކި ނަންބަރުތަކެކެވެ. އެހެންނަމަވެސް، މި އައު ނިޒާމު ޤާއިމުކުރުމަށް މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ