މިނިސްޓަރު ޠާރިޤު އިބްރާހީމް، ޔޫއޭއީގެ އެންވަރަމެންޓު މިނިސްޓަރާ ބައްދަލު ކުރައްވައިފި

މިނިސްޓަރު ޠާރިޤު އިބްރާހީމް، ޔޫއޭއީގެ އެންވަރަމެންޓު މިނިސްޓަރާ ބައްދަލު ކުރައްވައިފި

Author
ޙަސަން މުޙައްމަދު
28 ސެޕްޓެމްބަރ 2024 04:46
0

މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ މިނިސްޓަރު ޠާރިޤު އިބްރާހީމް، ޔޫއޭއީގެ އެންވަރަމެންޓު މިނިސްޓަރާ ޑރ. އާމިނާ ބިންތު އަބްދުﷲ އަލް ދަހާކް އަލީ ޝަމްސީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ދައުރުގެ ތެރޭގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޠާރިޤު، ޔޫއޭއީގައި ފާއިތުވި އަހަރު ބޭއްވުނު ސީއޯޕީ 28 ގެ ކާމިޔާބީއަށް ޑރ. އާމިނާއަށް މަރުޙަބާ ދެންނެވިއެވެ. އަދި ކުރިއަށް އޮތް ސީއޯޕީ 29 އަދި ސީބީޑީ ސީއޯޕީ 16 އަށް ތައްޔާރުވުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ވާހަކަދެކެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.