ފިހާރައަކުން ތަކެތި ގަތުމަށްފަހު ވަގު ސްލިޕް ފޮނުވި މީހަކު ހައްޔަރުކޮށްފި

ފިހާރައަކުން ތަކެތި ގަތުމަށްފަހު ވަގު ސްލިޕް ފޮނުވި މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
28 ސެޕްޓެމްބަރ 2024 12:15
0

ފިހާރައަކުން ތަކެތި ގަނެ ވަގު ސްލިޕް ފޮނުވި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 23 އަހަރުގެ މީހެކެވެ.

އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުގައި ބުނެފައި ވަނީ އެމީހާ ކުށް ކުރިކަމުގެ ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވަނީ ކުށަށް އިންކާރުކޮށްފައެވެ.

އޭނާ ބުނެފައި ވަނީ އެ ފިހާރައަށް ދިޔައީ އެކަނި ނޫން ކަމަށާއި ސްލިޕް ފޮނުވީވެސް އޭނާ ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ފޯނުން ސީނަށް ދިޔަ ފުލުހުންނަށް ފޭކް ސްލިޕް ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.