ޔޫކްރެއިން އެއަރލައިންސް އިން ރާއްޖެއަށް އަލަށް ދަތުރު ފަށައިފި

ޔޫކްރެއިން އެއަރލައިންސް އިން ރާއްޖެއަށް އަލަށް ދަތުރު ފަށައިފި

Author
ޢަލީ އާދަމް
26 ޑިސެމްބަރ 2020 03:19
0

ޔޫކްރެއިން އެއަރލައިންސް އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރު ފަށައިފިއެވެ.

ޔޫކްރެއިން އެއަރލައިންސް އިން މިއަދު ރާއްޖެއަށް ފަށާފައިވަނީ ޗާޓަރ ދަތުރު ތަކެކެވެ.

މިއަދު މެންދުރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ޔޫކްރެއިން އެއަރލައިންސް ފުރަތަމަ ފުލައިޓަށް ވަނީ ވޯޓަރ ސެލިއުޓެއް ދީފައެވެ. މި ފްލައިޓުން ރާއްޖެއަށް 277 ދަތުރުވެރިން އައިސްފާ ވާކަމަށް އެމްއޭސީއެލުން ބުނެއެވެ.

ޔޫކްރެއިން އެއަރލައިންސްގެ ދަތުރުތަށް މިއަދު ފަށާފައިވާއިރު ރޭފަތިހު އަޒުރު އެއަރ ޔޫކްރެއިންގެ ދަތުރުތަށްވެސް ރާއްޖެއާއި ޔޫކްރެއިނާ ދެމެދު ވަނީ ފަށާފައެވެ.

ޔޫކްރެއިން އެއަރލައިންސްގެ ދަތުރުތަށް ފެށުމާއެކު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ރާއްޖެއަށް ދަތުރު ކުރާ އެއަރލައިންތަކުގެ އަދަދު މިވަނީ 25 އަށް އަރާފައެވެ. ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ބާކީ މި އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަދިވެސް ރާއްޖެއަށް އިތުރު 4 އެއަރލައިނަކުން ދަތުރު ފަށާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.