"އަޒުރު އެއަރ ޔޫކްރެއިން" އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ދަތުރު ފަށައިފިއެވެ.
މީގެ ކުރިން ރާއްޖެއަށް "އަޒުރު އެއަރ ރަޝިއާ" އިން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އަޒުރު އެއަރ ޔޫކްރެއިން އިން ރާއްޖެއަށް ފަށާފައިވަނީ ޗާޓަރ ދަތުރު ތަކެކެވެ.
ރޭފަތިހު އައި އެ އެއަރލައިންގެ ފުރަތަމަ ފުލައިޓަށް ވީއައިއޭ އިން ވަނީ ވޯޓަރ ސެލިއުޓެއް ދީފައެވެ. އަޒުރު އެއަރ ޔޫކްރެއިންގެ ފުރަތަމަ ރާއްޖެއަށް 311 ދަތުރުވެރިން ވަނީ އައިސްފައެވެ.
ޔޫކްރެއިންގެ ވެރިރަށް ކިއެވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޒުރު އެއަރ ޔޫކްރެއިންއިން އަންނަ މާޗުމަހުގެ ނިޔަލަށް ދަތުރުތަށް ބާއްވާނެ އެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ޖުމްލަ 17 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ.
Altogether 311 pax arrived from @azurair_ukraine @ResortLifeM @visitmaldives https://t.co/nNS4u6vdNg
— Maldives Airports Company Ltd – MACL (@MACLmedia) December 26, 2020
އަޒުރު އެއަރ ޔޫކްރެއިން އަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން ރާއްޖެއަށް ދަތުރު ފެށި 24 ވަނަ އެއަރލަިން އެވެ.
އަޒުރު އެއަރ ޔޫކްރެއިން އިން ރާއްޖެއަށް ޗާޓަރ ދަތުރުތައް ފެށިނަމަވެސް، އަޒުރު އެއަރ ރަޝިއާއިން ރާއްޖެއަށް ކުރަމުން ދަނީ ޝެޑިއުލް ދަތުރު ތަކެކެވެ. އެ އެއަރލައިންނުން ރަޝިއާއާއި ރާއްޖެއާ ދެމެދު ހަފްތާއަކު އެއް ދަތުރު ކުރެއެވެ.
ކޮމެންޓު ފޮނުވާ