ޓީސީއާއި، ސަސްމެޗު އެއްވަރު

ޓީސީއާއި، ސަސްމެޗު އެއްވަރު

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 11:48
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް މިފަހަރުގެ ލީގަށް އަލަށް ކޮލިފައިވި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

ލީގުގެ ތިންވަނަ ހަފްތާގައި ރޭ ކުޅުނު މެޗުގައި އަލަށް ފުރަތަަމަ ޑިވިޝަނަށް ކޮލިފައިވި ސުޕަޔުނަިއޓެޓް ސްޕޯޓްސް އިން ވަނީ މިމެޗުގައި މޮޅު ކުޅުމެއްދައި ލަޑުޖަހާނެ ގިނަ ފުރުދަތުތަކެއްވެސް ތަނަވަސްކޮށްފައެވެ. ސަސްގެ ނުރައްކާތެރި ހަމަލާތަކުގެ ހުރަކަށްވީ ޓީސީގެ ގޯލް ކީއްޕަރެެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. މިލަނޑު މެޗްގެ 13ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ސާވީއެވެ.

ޓީސީގެ ލަނޑަށްފަހު ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ސަސްއިން ލަނޑު ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. ޓީސީގެ ގޯލަށްފަހު ސަސްއިން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އިރު، ކޯނަރަކުން މެޗުގެ 35 ވަނަ މިނެޓުގައި އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ ބޮލުން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ސަސްގެ މިޑްފީލްޑަރަކަށް ކުޅެމުން އައި މުހައްމަދު ރަޝީދު (ހޮކޭ) އަށް ވަނީ އަނިޔާވެެގެން ބަދަލު ކުރަން ޖެހިފަ އެވެ. ހޮކޭއަށް ލިބުނު އަނިޔާއާ ގުޅިގެން ސަސްގެ މެދުތެރެ ހުސްވުމުގެ ފައިދާ ނަގައި ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތުތަށް ލިބުނު ނަމަވެސް، އެއްވެސް ޓީމަކަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފެއެވެ. މެޗްގެ ފަހު ވަގުތު ޓީސީއަށް ލީޑް ނެގުމަށް ރަގަނޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް އިބްރާހިމް އަބްދުލްވާހިދު (ވާޑު) ނެގި ހުރަސް، އޭރިޔާގެ ތެރެއިން ޓީސީގެ ކެޕްޓަން އަައްޒާމް އާއި ނަޝާހު ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ސަސްގެ ގޯލް ކީޕަރުވަނީ މަތަކޮށްފައެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީގައި ކުރިން މޮޅުކުޅުމެއްދެކި މިހާރު ސުޕަރ ޔުނައިޓަޑް ސްޕޯޓްސް ކުލަބްގެ ކެޕްޓަން އަބްދުﷲ ހަނީފެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.