އިމިގްރޭޝަންގެ ނަމުގައި ބިދޭސީންގެ އަތުން ފޭރޭ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

އިމިގްރޭޝަންގެ ނަމުގައި ބިދޭސީންގެ އަތުން ފޭރޭ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2024 10:07
0

އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަންތަނަށް ގޮސް ފޭރެމުން އަންނަ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ބަންގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000ރ. ފޭރުނު މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ގ. ބެރުގެ، މުހައްމަދު ނަވީން 44، އެވެ.

ބަންދު އަމުރުގައި ބުނެފައި ވަނީ، އޭނާ އިތުރު ބަޔަކާއި ބައިވެރިވެގެން އިމިގްރޭޝަން މީހެއް ކަަމަށް ބުނެ ޝަހުސު އޮޅުވާލައިގެން، ބަންގްލަދޭޝްގެ ރައްޔިތަކު ދިިރިއުޅޭ ތަނަކަށް ވަދެ އޭނާގެ ފޯނާއި ފައިސާތަކެއް ފޭރިގަނެފައިވާ ކަމަށެވެ. އަދި އެ ފައިސާ މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް ބަންދު އަމުރުގައި ވެއެވެ.

މިއީ ފޭރުމުގެ މައްސަލަތައް ގިނަ ދުވަސްވަރެއް ކަމުން އޭނާ މުޖުތަމައުގެ ތެރެއަށް ވީއްލިފައި ހުރެއްޖެނަމަ މިފަދަ ކުށްތަކަށް އަރައިގަތުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.