ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
13 ސެޕްޓެމްބަރ 2024 11:04
0

އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ހައްޔަރުކޮށްފިއެވެ.

މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައްކައި އެތަކެތި ވަނީ ނަގާފައެވެ. އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 70 ގްރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.