ތިމާވެށީގެ މަޝްރޫޢުތަކަށް ޔޫރަޕިއަން ޔޫނިއަނުން 110 މިިލިޔަން ރުފިޔާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ވަނީ ލިބިފަ: ޠާރިޤް

ތިމާވެށީގެ މަޝްރޫޢުތަކަށް ޔޫރަޕިއަން ޔޫނިއަނުން 110 މިިލިޔަން ރުފިޔާގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ވަނީ ލިބިފަ: ޠާރިޤް

ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިމާވެށީގެ މަޝްރޫޢުތަކަށް ޔޫރަޕިއަން ޔޫނިއަނުން 110 މިިލިޔަން ރުފިޔާގެ އެހީއެއް ލިބޭނެ ކަމުގެ ޔަޤީންކަން އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރ (އައި.ޔޫ.ސީ.އެން)ގެ ޑިރެކްޓަރ ޖެނެރަލް ގްރެތެލް އެގުއިލާ ދެއްވާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އައިޔޫސީއެންގެ ޑިރެކްޓަރ ޖެނެރަލް މިޔަޤީންކަން ދެއްވާފައިވަނީ އައިޔޫސީއެންއިން އިންތިޒާމުކޮށްގެން ބޭއްވި އާރްސީއެފް 2024 އޭޝިއާ ފޯރަމްގެ ހަވާސާގައި ވަޒީރު ޠާރިޤްއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައިޔޫސީއެންގެ ޑިރެކްޓަރ ޖެނެރަލްއާއެކު މިނިސްޓަރު ޠާރިޤު ބޭއްވެވި މިބައްދަލުވުމުގައި އައިޔޫސީއެންގެ އެހީގައި ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މިމަޝްރޫޢުތަކަކީ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީން 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުތަކެއް ކަމަށް ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓްރީން ބުނެއެެވެ.

މީގެ އިތުރުން އައިޔޫސީއެންއާ ގުޅިގެން ތިމާވެށީގެ ދާއިރާއިން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް ޔޫރަޕިއަން ޔޫނިއަނުން 6.5 މިލިޔަން ޔޫރޯ ނުވަތަ 110 މިލިޔަން ރުފިޔާގެ މާލީ އެހީ ހަމަޖެހިފައިވާކަމުގެ ޔަޤީންކަން ލިބިފައިވާކަމަށް ވަޒީރު ޠާރިޤު ވިދާޅުވިއެވެ. މިމަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިސަރުކާރުން ވަނީ ފަށާފައެވެ. އޭގެތެރޭގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ފިޔަވަޅުތައް އަޅާފައިވާއިރު ސަރުކާރުން ވަނީ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢެއް ވެސް ފަށާފައެވެ. މީގެ އިތުރަށް ރަށްގިރުމުގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމާއި ތިމާވެއްޓާ ގުޅުންހުރި އެކި މަޝްރޫޢުތައް ވެސް މިހާރު ވަނީ ފެށިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *