އިންޑިއާއާ ދުރުވެވޭކަށް ނެތްކަމަށް ރައީސް މުއިއްޒުވެސް ގަބޫލުފުޅު ކުރައްވާ: ޖައިޝަންކަރު

އިންޑިއާއާ ދުރުވެވޭކަށް ނެތްކަމަށް ރައީސް މުއިއްޒުވެސް ގަބޫލުފުޅު ކުރައްވާ: ޖައިޝަންކަރު

އިންޑިއާއާ ރާއްޖެއަށް ދުރުވެވޭކަށް ނެތްކަމަށް ރައީސް މުއިއްޒުވެސް ގަބޫލުފުޅު ކުރައްވާ ކަމުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ. އަދި ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމުގައި ގޮންޖެހުން ހުރި ނަމަވެސް، ދިވެހިރާއްޖެއިން ދެކެނީ އިންޑިއާއަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ކަމުގައި ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އޭނާ މިހެން ވިދާޅުވީ އިންޑިއާގެ ލިޔުންތެރިޔާ ރަޖީވް ޝަންކްރީގެ ބޭރު ސިޔާސަތާ ބެހޭ ފޮތް ނެރުމުގެ ރަސްމިއްޔާތުގައެވެ. ޝަންކްރީގެ ފޮތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމާ ބެހޭގޮތުން ޖައިޝަންކަރު ލިޔުއްވާފައި ވެއެވ.

ޝަންކްރީގެ ފޮތުގައި އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން ލިޔުއްވަމުން ޑރ. ޖައިޝަންކަރ ވިދާޅުވީ ދެ ގައުމުގެ ގުޅުމުގައި އަހަރުތަކެއް ވަންދެން ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"ދިވެހިރާއްޖެއާ ގުޅޭ ގޮތުން ދަންނަވާނަމަ، އަޅުގަނޑުމެންނަށް ގޮންޖެހުންތަކެއް ފެނިފައިވޭ… މި ގޮންޖެހުންތަކަކީ ހަމައެކަނި ވެރިކަމުގެ ނިޒާމުގެ ބާވަތާ ގުޅުންހުރި ކަމެއް ނޫން. އަޅުގަނޑުމެން އަމިއްލައަށް ދިވެހިރާއްޖެއާމެދު ގެންގުޅުނު އެޕްރޯޗްގައިވެސް ގޮންޖެހުން ހުރި،" ޑރ. ޖައިޝަންކަރ ވިދާޅުވިއެވެ.

މިގޮތުން އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވީ 1988 ވަނަ އަހަރު ދިވެހިރާއްޖޭގައި ބަޣާވާތެއް ގެނައުމަށް މަސައްކަތްކުރި ހާދިސާގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދީ ބޭރުގެ ހަމަލާދޭން އުޅުނު މީހުން ދުރުކޮށްފައިވާއިރު، 2012 ގައި ސަރުކާރު ބަދަލުވިއިރު އެ ކަމާ މެދު އަޅާނުލާ ތިބެފައިވާ ކަމަށެވެ.

"އެހެންވީމާ، މީގައި ކޮންސިސްޓެންސީގެ ދަތިކަމެއް ހުރިކަން ފާހަގަކުރެވޭ،" ޑރ. ޖައިޝަންކަރ ވިދާޅުވެފައި ވެއެވެ.

"އެކަމަކު އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އިންވެސްޓްކޮށްފައިވާ މި ގުޅުމުގައި މިއަދު ދިވެހިރާއްޖޭގައި އެނގިފައި އޮތް ކަމެއް، ހަމަގައިމުވެސް އަޅުގަނޑުގެ ފަހުގެ ދަތުރުގައި އަޅުގަނޑަށް ފެނުނު ގޮތުގައި، މި ގުޅުމަކީ އެމީހުންގެ އަމިއްލަ ކުރިމަގާ ގުޅޭގޮތުން، ޚާއްޞަކޮށް އިގްތިސާދީ ގޮންޖެހުންތަކާ ގުޅޭގޮތުން އުނދަގޫ ވަގުތުތަކެއްގައި އެމީހުންނަށް ހަރުދަނާ ބާރަކަށްވާނެ ކަމެއް."

އޭނާ އިތުރަށް ފާހަގަކުރެއްވީ އަވައްޓެރި ގައުމުތަކުގެ ގުޅުމުގައި އަބަދުވެސް ގޮންޖެހުން ހުންނާނެއެވެ.

"މި ގޮންޖެހުންތައް ދެ ގައުމުގެ ސަލާމަތާއި ގައުމީ މަސްލަހަތަށް ނުރައްކަލަކަށް ވިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ ދެ ގައުމަށްވެސް މުހިންމު ކަމެއް،" އޭނާ އިތުރުކުރެއްވިއެވެ.

ޖައިޝަންކަރ އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާއެކު އޮންނަ ގުޅުމުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށްވެސް އެނގިވަޑައިގަންނަވާ ކަމަކީ "އިންޑިއާއާ ދުރުވެވޭކަށް ނެތް" ކަމެވެ. "ގުޅުން ބަދަހިކުރުމަކީ ދެ ގައުމުގެވެސް އެންމެ ރަނގަޅު މަސްލަހަތު އޮތް ގޮތް، އަދި އަޅުގަނޑުމެން މިކަން ކުރިއެރުވުމަށް މަސައްކަތްކުރަންވާނެ."

އޭނާ އިތުރަށް ވިދާޅުވީ އަވައްޓެރި ގައުމުތަކާއެކު ދެމެހެއްޓެނިވި ރަނގަޅު ގުޅުމެއް ބޭއްވުމަކީ ކޮންމެ ގައުމަކަށްވެސް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް، އަވައްޓެރިންނަކީ އަބަދުވެސް އުނދަގޫ ކަމެއް. އެއީ އަވައްޓެރިންނާއެކު އޮންނަ ގުޅުމަކީ އެންމެ އުނދަގޫ އަދި ދުވަހަކުވެސް ހައްލުނުކުރެވޭނެ ކަމަކަށްވާތީ."

"ކޮން ގައުމެއްތޯ އަވައްޓެރިންނާ ގުޅޭގޮތުން ގޮންޖެހުންތަކެއް ނެތީ؟ މިއީ އަވައްޓެރިއަކަށް ވުމުގެ އުސޫލު،" ޖައިޝަންކަރ ވިދާޅުވެ، އިންޑިއާގެ އަވައްޓެރީންނާ ގުޅޭގޮތުން ގެންގުޅޭ ސިޔާސަތާމެދު ފާޑުކިޔާ ފަރާތްތަކާ މުޚާތަބުކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *