ޝަގީރީގެ ދެވަނަ ޓެސްޓު ނެގެޓިވް

ޝަގީރީގެ ދެވަނަ ޓެސްޓު ނެގެޓިވް

Author
އިބްރާހީމް ސާޢިދު
10 އޮކްޓޯބަރ 2020 08:11
0

މި ހަފުތާގެ ކުރީކޮޅު ކޯވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، ދެވަނަ ފަހަރަށް ކުރި ޓެސްޓުން ލިވަޕޫލަށް ކުޅެމުން އަންނަ ސްވިޒަލެންޑުގެ ފޯވާޑް ޒެރްޑަން ޝަގީރީ  ނެގެޓިވްވެއްޖެއެވެ.

ސްވިސް އެފްއޭއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ ދެވަނަ ޓެސްޓުން ޝަގީރީ ކޯވިޑް-19 އަށް ނެގެޓިވްވުމާއެކު، ޔުއެފާ ނޭޝަންސް ލީގުގައި ސްވިޒަލެންޑުން ސްޕެއިން އާއި ދެކޮޅަށް ކުޅޭ މެޗަށް އޭނާ ސްޕެއިނަށް ދާނެ ކަމަށެވެ.

މީގެ ކުރިން ޝަގީރީ ކޯވިޑް-19 އަށް ޕޮޒިޓިވްވި ކަމަށް ޓެސްޓުގެ ނަތީޖާއިން ދެއްކިއިރު، ބުދަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސްވިޒަލެންޑުން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޝަގީރީ ކުޅެފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން މެޗެއް ކުޅޭނީ މި މަހުގެ 17 ވަނަ ދުވަހު ވާދަވެރި އެވަޓަން އާއި ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.