މިނިސްޓަރު އަމީން ރަސްމީ ދަތުރެއްގައި ސައުދީއަށް ފުރާވަޑައިގެންފި

މިނިސްޓަރު އަމީން ރަސްމީ ދަތުރެއްގައި ސައުދީއަށް ފުރާވަޑައިގެންފި

Author
ހުސައިން
26 އޮގަސްޓް 2024 07:26
0

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރަސްމީ ދަތުރެއްގައި މިއަދު ސައުދި އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ މަޢުލޫމާތުގައިވާ ގޮތުން، މި ދަތުރަކީ ސައުދީގެ ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް މިނިސްޓަރު ޞާލިހު ބިން ނާސިރު އަލް ޖަސިރާއި އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި ދަތުރުގައި ދެ ގައުމު ދެމެދު އޮތް މަދަނީ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކުރުމާއި، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ގާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރު މުހައްމަދު އަމީން ސައުދީއަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން، ދާދި ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ ސައުދީއަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އެ ދަތުރުގައި މިނިސްޓަރު ޒަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދި އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑު ވަޒީރު، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސްކުރައްވާ ފޮނުއްވި ސިޓީފުޅެއްވެސް ހަވާލުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.