ވަޅިން ބިރު ދައްކާ ފޯނެއް ފޭރިގަތް އަންހެން މީހާގެ ބަންދަށް 10 ދުވަސް

ވަޅިން ބިރު ދައްކާ ފޯނެއް ފޭރިގަތް އަންހެން މީހާގެ ބަންދަށް 10 ދުވަސް

Author
ޙަސަން މުޙައްމަދު
24 އޮގަސްޓް 2024 11:04
0

މާލޭގެ މަގުމަތިން މީހަކަށް ވަޅިން ބިރުދައްކައި ފޯނެއް ފޭރުނު ކަމަށް ތުހުމަތުކުރެވޭ އަންހެންމީހާ 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ގދ. ވާދޫއަށް ނިސްބަތްވާ ޝާނާ މުޙައްމަދު މި މައްސަލައިގައި ހައްޔަރުކުރެވުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ޝާނާ ވަނީ އޭނާ އެއްވެސް މީހެއްގެ އަތުން ފޯނެއް ފޭރިފައި ނުވާނެ ކަމަށް ބުނެ ކޯޓުގައި ކުށަށް އިންކާރުކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ފޭރިގަތް ފޯނު އެހެން މީހަކު ވަނީ ވެރިފަރާތަށް ރައްދުކޮށްފައެވެ. އަދި ފޭރުމުގެ ޢަމަލު ހިންގި ގަޑީގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ވަޅިން ބިރުދައްކައިގެން ފޯނު ފޭރުނު ކަމުގެ އެކަށީގެންވާ ހެއްކާއި ޤަރީނާ ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލަ އައިސްފައިވަނީ ރާއްޖޭގައި ފޭރުމުގެ ޢަމަލުތައް ކުރިއާ އަޅާބަލާއިރު ނިސްބަތުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.