ވަޅިން ބިރު ދައްކާ ފޯނެއް ފޭރިގަތް މީހަކު ހައްޔަރު ކޮށްފި

ވަޅިން ބިރު ދައްކާ ފޯނެއް ފޭރިގަތް މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2024 07:59
0

މާލޭގެ މަގެއްގައި ހިނގާފައިވާ ފޭރުމުގެ ހާދިސާއެއްގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، ބުރުނީގޭ، ޝާނާ މުޙައްމަދު ޖުނައިދު (26 އަހަރު) އެވެ.

ފުލުހުންގެ މަޢުލޫމާތު ދިން ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ހާދިސާގައި ވަޅި ބޭނުންކޮށްގެން މީހަކަށް ބިރުދައްކައި، އެ ފަރާތުގެ މޯބައިލް ފޯނު ފޭރިގަތް ކަމަށް ތުހުމަތުކުރެވެއެވެ.

ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤު މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.