ބުރިޖު ލައިޓް ކައިރީ އެކްސިޑެންޓެއްވެ، 3 މީހަކަށް ފަރުވާ ދެނީ

ބުރިޖު ލައިޓް ކައިރީ އެކްސިޑެންޓެއްވެ، 3 މީހަކަށް ފަރުވާ ދެނީ

Author
ހުސައިން
23 އޮގަސްޓް 2024 03:03
0

ސިނަމާލެ ބްރިޖް ލައިޓް ކައިރީގައި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ މަޢުލޫމާތު ދީފައިވާ ގޮތުގައި، ރޭ ފަތިހު 5:26 ހާއިރު ބްރިޖް ލައިޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެތެރެއިން އެއް ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެނާ އާއި އެ ސައިކަލުގެ ފަހަތުން އިން 19 އަހަރުގެ އަންހެނާއަށް މިހާރު ފަރުވާދެމުން ގެންދަނީ އައިޖީއެމްއެޗްގައެވެ. އަނެއް ސައިކަލު ދުއްވި 43 އަހަރުގެ ފިރިހެނާއަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭގައި ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މި އެކްސިޑެންޓުގެ މައްސަލަ މިހާރު ގެންދަނީ ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.