މައްސަލައެއް ބަލާ ނިމެންދެން އާސަންދައިން އީވް ކުލިނިކް ސަސްޕެންޑް ކޮށްފި

މައްސަލައެއް ބަލާ ނިމެންދެން އާސަންދައިން އީވް ކުލިނިކް ސަސްޕެންޑް ކޮށްފި

Author
ހުސައިން
20 އޮގަސްޓް 2024 06:27
0

އާސަންދައިން ބަލަމުންދާ މައްސަލައަކާ ގުޅިގެން، މައްސަލަ ބަލައި ނިމެންދެން އީވް ކްލިނިކް ސަސްޕެންޑުކޮށްފިއެވެ.

އާސަންދައިގެ އެމްޑީ އައިމިނަތު ޒީނިޔާ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާސަންދަ ސްކީމް ތެރެއިން އީވް ކްލިނިކުން ޚިދުމަތް ދިނުމުގައި ކަންތައްތަކެއް ފާހަގަކުރެވުމުން ތަޙުޤީޤު ނިމެންދެން ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. ޒީނިޔާ ވިދާޅުވެފައިވަނީ، އިންވެސްޓިގޭޝަން ނިމެންދެން ސަސްޕެންޑް ކުރުމަށްފަހު، އިތުރަށް މައްސަލަތަކެއް ހުރިކަން ޔަގީން ކުރެވޭނީ ތަހުގީގު ނިމުމުން ކަމުގައެވެ.

އާސަންދައިން އީވް ކްލިނިކް ސަސްޕެންޑުކުރީ އޯގަސްޓް 12 ގައެވެ. އެއާއެކު އެ ކްލިނިކުން އާސަންދައިގެ އެއްވެސް ޚިދުމަތެއް ސަސްޕެންޝަން އުވާލަންދެން ނުލިބޭނެއެވެ. ނުހޯދާ ޚިދުމަތަކުން އާސަންދައަށް ބިލް ކުރި މައްސަލަތަކެއްގައި މީގެ ކުރިން ވެސް އާސަންދައިން ވަނީ ބައެއް ކްލިނިކްތައް ސަސްޕެންޑުކޮށްފައެވެ.

އެގޮތުން މި އަހަރު ޖެނުއަރީ މަހު ޔޫރޯ މެޑިކަލް ކެއާ، ޑރ. ފިލް ފާމަސީ އަދި ސްޓެމް ސެންޓާ ވަނީ ސަސްޕެންޑުކޮށްފައެވެ. މި އަހަރު ސަސްޕެންޑުކުރި ކްލިނިކްތަކުގެ މައްސަލަ އަންނަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.