މީހެއްގެ އެކައުންޓުން ވަގަށް ނެގި 1.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި، ފައިސާ ބޭނުންކުރި ހއ. މޮޅަދޫ މީހަކު 113،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން އެކިފަހަރު މަތިން ނާހިދާއި އޭނާގެ އޭރުގެ އަންހެނުންގެ އެކައުންޓަށް 1.8 މިލިއަން ފޮނުވުމުން އޭގެ ތެރެއިން ބައެއް ފައިސާ ބޭނުންކުރި މައްސަލާގަ އެވެ. އެކައުންޓަށް ފޮނުވި 1.8 މިލިއަންގެ ތެރެއިން 1.6 މިލިއަން ފުލުހުން ހޯދި އެވެ.
ނާހިދުގެ މައްޗަށް 1.8 މިލިއަންގެ ޖޫރިމަނާއެއް އިއްވީ ޕީޖީން އޭނާއާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން އޭނާ ކުށަށް އިއުތިރާފްވުމުންނެވެ. އެ އެއްބަސްވުމުގެ ދަށުން އޭނާ އެ ކުށަށް އިއުތިރާފުވެއްޖެ ނަމަ، ދައުލަތުން އެއްބަސްވީ ޖޫރިމަނާގެ އަދަބެއް އިއްވުމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ އޭނާއާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުންނާއި އޭނާ ބަންދުގައި ހޭދަކުރި މުއްދަތަށް ބަލާއިރު އޭނާއަށް ދެވޭނީ 113,800ރ. ގެ ޖޫރިމަނާއެއް ކަމަށެވެ.
އަދި އެ ފައިސާ 18 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެ އެވެ.
ކޮމެންޓު ފޮނުވާ