މަންމައަށް އަނިޔާކުރި މީހަކަށް 15 ދުވަހުގެ ބަންދެއް

މަންމައަށް އަނިޔާކުރި މީހަކަށް 15 ދުވަހުގެ ބަންދެއް

Author
ޙަސަން މުޙައްމަދު
11 އޮގަސްޓް 2024 02:42
0

މަންމައަށް އަނިޔާކުރިކަމުގެ ތުހުމަތުގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރު ކޮށްފިއެވެ. ކ. ގުރައިދޫއަށް ނިސްބަތްވާ މި ފަރާތުގެ މައްޗަށް ކުރެވޭ ތުހުމަތަކީ ގެވެށި އަނިޔާއާއި މާރާމާރީ ހިންގުމެވެ.

ފުލުހުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް، ކްރިމިނަލް ކޯޓުން މި މީހާގެ މައްޗަށް 15 ދުވަހުގެ ބަންދު އަމުރެއް ވަނީ ނެރެފައެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ފަރާތް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި، ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށް ބެލެވޭތީ، އެނާ ބަންދުކުރުމަށް އަމުުރު ކުރީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.