ޙަމާސްގެ އައު ލީޑަރަކަށް ޔަޙްޔާ ސިންވާރު އައްޔަން ކޮށްފި

ޙަމާސްގެ އައު ލީޑަރަކަށް ޔަޙްޔާ ސިންވާރު އައްޔަން ކޮށްފި

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2024 11:58
0

ޙަމާސްގެ އެންމެ އިސް ވެރިޔާ އިސްމާޢީލް ހަނިއްޔާ ތެހްރާންގައި ޝަހީދުކޮށްލުމާ ގުޅިގެން، ފަލަސްތީނުގެ އިސްލާމީ ޙަރަކާތް ކަމުގައިވާ ޙަމާސްގެ އައު ވެރިޔަކަށް ޣައްޒާގެ އެންމެ އިސް ލީޑަރު ޔަޙްޔާ ސިންވާރު ޢައްޔަންކޮށްފިއެވެ.

ސިންވާރަކީ ޙަމާސްގެ ސިޔާސީ އަދި އަސްކަރީ ހަރަކާތުގައި މުހިންމު ދައުރެއް އަދާކުރަމުން އައި ފަރާތެކެވެ. އޭނާ ޢައްޔަންކުރެވުނީ ޙަމާސްގެ ޝޫރާ ކައުންސިލްގެ އިއްތިފާޤުންނެވެ.

މި ބަދަލާއެކު، ޙަމާސްގެ ލީޑަރޝިޕްގައި އައު ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ނަމަވެސް، އިސްރާއީލާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ސިޔާސަތުތަކަށް މާބޮޑު ބަދަލެއް ނާންނާނެކަމަށް ގިނަ ތަޙްލީލުވެރިން ދެކެއެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން މިހާރު ބަލަމުންދަނީ ސިންވާރުގެ ވެރިކަމުގެ ދަށުން ޙަމާސް ކުރިއަށްދާނެ ގޮތަކާމެދުއެވެ. އަދި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މިކަމުން ކޮށްފާނެ އަސަރުތައް ވަޒަންކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.